އިންޑިއާއިން ރާއްޖެއަށް ދޫކޮށްފައިވާ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަށް ފަންޑު ކުރާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނެފިއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ހަގީގީ އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަކީ ރިޔާސީ ކެމްޕޭނުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅެކެވެ.
އިންޑިއާ އާއި ރާއްޖެއިން 800 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމެއްގައި ސޮއިކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު 2018 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ. އެ ކްރެޑިޓް ލައިންގެ ދަށުން ފައިސާ ހޯދައިގެން މިހާރުވެސް ބައެއް ޕްރޮޖެކްޓުތައް ރާއްޖޭގައި ހިންގަމުން އެބަދެއެވެ.
ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ހަރަދުކޮށްގެން ހިންގާ ޕްރޮޖެކްޓްގައި ހަނިމާދޫ އެއާޕޯޓުގެ ރަންވޭ 2200 މީޓަރަށް ދިގުކުރަން ނިންމާފައިވާ ކަމަށެވެ. އެއާޕޯޓްގެ ރަންވޭގެ މިހާރުގެ ދިގުމިނަކީ 1200 މީޓަރެވެ.
ކޯވިޑް-19 ގެ ބަލި މަޑުކަމާއި ޖެހެންދެން ހަނިމާދޫ މަގުން އިންޑިއާއަށް އިންޓަރނޭޝަނަލް ދަތުރުތައް އައީ ބާއްވަމުންނެވެ. ހަނިމާދޫ މަގުން އިންޑިއާގެ ޓްރެވެންޑްރަމަށާއި، ކޮޗިންނަށް ދަތުރުތައް ބާއްވާފައި ވެއެވެ.

The #Hanimaadhoo airport expansion project will be carried out under the Indian Line of Credit announced during President Solih’s State visit to India in Dec 2018; will boost local economy & increase connectivity between 🇮🇳 & 🇲🇻@ibusolih @abdulla_shahid @faya_i @gafoor2656 pic.twitter.com/ZRqrAcWzmp
— India in Maldives (@HCIMaldives) July 15, 2020
ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ހަރަދުކޮށްގެން ހިންގާ ޕްރޮޖެކްޓްގައި ހަނިމާދޫ އެއާޕޯޓުގެ ރަންވޭ 2200 މީޓަރަށް ދިގުކުރަން ނިންމާފައިވާ ކަމަށެވެ. އެއާޕޯޓްގެ ރަންވޭގެ މިހާރުގެ ދިގުމިނަކީ 1200 މީޓަރެވެ.
ކޯވިޑް-19 ގެ ބަލި މަޑުކަމާއި ޖެހެންދެން ހަނިމާދޫ މަގުން އިންޑިއާއަށް އިންޓަރނޭޝަނަލް ދަތުރުތައް އައީ ބާއްވަމުންނެވެ. ހަނިމާދޫ މަގުން އިންޑިއާގެ ޓްރެވެންޑްރަމަށާއި، ކޮޗިންނަށް ދަތުރުތައް ބާއްވާފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު