ފޮޓޯ: އިލެކްޝަންސް ކޮމިޝަން
ފޮޓޯ: އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ފައިނަލް ވޯޓާސް ލިސްޓުގައި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މަންދޫބުން ސޮއިކޮށްފިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ މަންދޫބުން މިއަދުގެ ވަގުތެއްގައި މި ލިސްޓުގައި ސޮއިކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ކުރެއްވި އެކްސްއެއްގައި ވިދާޅުވިއެވެ.

ލިސްޓުގައި ސޮއިކުރުން ކުރިއަށް ގެންދިޔައީ އިލެކްޝަން ކޮމިޝަނުގެ އިންތިހާބާއި ބެހޭ މައި މަރުކަޒު ކަމުގައިވާ ދަރުބާރުގޭގައެވެ.

އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ފުރަތަމަ ބުރުގައި ވާދަކުރައްވައިގެން އެންމެ ގިނަ ވޯޓު ހޯއްދެވި ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުއާއި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.



އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްގެންދާނީ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 05:00 ގެ ނިޔަލަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން