ލ. ގަން (ފޮޓޯ: ސޯޝަލް މީޑިއާ)
ލ. ގަން (ފޮޓޯ: ސޯޝަލް މީޑިއާ)
ލ. ގަމުގައި އުމުރުން 14 މަހުގެ ކުއްޖަކު މަސް ފެންގަނޑަކަށް ވެއްޓި ހާލު ސީރިއަސްވެއްޖެއެވެ.

މި ހާދިސާ ހިނގާފައި ވަނީ އެރަށު މަތިމަރަދޫ އަވަށުގައެވެ. މަންޒަރު ދުށް ފަރާތްތަކުން ބުނި ގޮތުގައި އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ހޭނެތިފައިވާ ކަމަށެެވެ.

ފެންގަނޑަށް ވެއްޓުނު އެ ފިރިހެން ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ މިއަދު އިރުއޮއްސުނު ވަގުތުގައެވެ. މިހާރު އެކުއްޖާއަށް ފަރުވާދެމުން ގެންދަނީ، ގަން ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައެވެ.

އެކުއްޖާ މަސް ފެންގަނޑަށް ވެއްޓެން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

މީގެ ކުރިންވެސް ގަމުގައި ފެންގަނޑަކަށް ވެއްޓުނު ދެ އަހަރުގެ ކުއްޖެއްގެ ހާލު ސީރިއަސްވެގެން ރާއްޖެއިން ބޭރުންވެސް ފަރުވާ ހޯދާފައި ވެއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ގަމުގައި އުމުރުން ދެ އަހަރުގެ ކުއްޖަކު ވަނީ މަސްފެންގަނޑަކަށް ވެއްޓި ހޭނެތިފައެވެ. ގިނަ ދުވަސްތަކެއްވަންދެން އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ބޭއްވުމަށްފަހު އެ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އިތުރު ފަރުވާއަށް އެ ކުއްޖާ އިންޑިއާއަށް ގެންދިޔައެވެ. ދެއަަހަރުގެ ތުއްތު ކުއްޖާ އިންޑިއާއަށް ގެންދިޔަފަހުންވެސް ވަރަށް ގިނަ ދުވަސްވަންދެން ހޭނާރާ އޮތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން