ހދ. ހަނިމާދޫގައި އިސްރަށްވެއްސަކަށް ހަމަލާދީ ފައިސާ ފޭރުނު މީހާގެ ބަންދަށް 7 ދުވަސް ޖަހައިފިއެވެ.

ފުލުހުން މިއަދު ބުނީ، ހދ. ހަނިމާދޫގައި އުމުރުން 63 އަހަރުގެ ފިރިހެނަކަށް ހަމަލާދީ ޒަހަމްކޮށްލުމަށްފަހު ފައިސާކޮޅު ފޭރިގަނެފައިވާ ކަމަށް ތުހުމަތުކުރެވޭ މީހާގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ އިއްޔެގެ ވަގުތެއްގައި ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުން ކަމަށެވެ.

އެކަނި ދިރިއުޅޭ އާދަމް ޔޫސުފަށް ޙަމަލާދިނުމަށްފަހު ފައިސާކޮޅު ފޭރިގެންފައިވަނީ، އަންގާރަ ދުވަހުގެ ރޭ 11:45 ހާއިރުއެވެ. އެގޮތުން އާދަމްގެ ބޯފަޅާލައި މޫނާއި ކޮނޑަށް އަނިޔާދީފައިވާއިރު ބޮލުން ގިނަ އަދަދަކަށް ލޭފައިބާފައި ހުރި ކަމަށާއި، ޙަމަލާދޭން ބޭނުންކުރި ފިހިގަނޑު ވެސް ހަތަރު ބަޔަށް ބިންދާލާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އާދަމް ޔޫސުފަށް ހަމަލާދީފައިވަނީ ހަނިމާދޫގައި ދިރިއުޅޭ ނޭކުރެންދޫއަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ ޒުވާނެއްކަމަށް އެރަށުގެ ބައެއްމީހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން