މާލޭގައި އޮޅުކޮށްގެން ގެންގުޅުނު އޮސްޓްރިޗްގެ ފައި ބުރިކޮށްލައިފިއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އާންމުންނަށް ފެންނަ ގޮތަށް ކޮއްޓެއްގެ ތެރޭގައި ގެންގުޅުނު އޮސްޓްރިޗްގެ ފައި ބުރިކޮށްލާފައިވަނީ ރޭގެ ވަގުތެއްގައެވެ. އޮސްޓްރިޗްގެ ވެރިފަރާތުން ބުނެފައިވަނީ އެކަން ކުރި ބަޔަކު ނޭނގޭ ކަމަށާއި އެކަން އީޕީއޭގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
ރޭގެ ވަގުތެއްގައި އެދޫނި ބައްވާފައި އޮންނަ ތަނަށް ވަތްބަޔަކު ވަނީ އެ ދޫނީގެ އެއް ފައި ބުރިކޮށްލާފަ އެވެ. ބުރިކޮށްލާފައި ވަނީ އެ ދޫނީގެ ވައަތު ފައިގެ މެދު ހުޅުންނެވެ. ދޫނީގެ ވެރިފަރާތުން މިހާރު ގެންދަނީ ދޫންޏަށް ފަރުވާ ދިނުމަށް ޑޮކްޓަރެއްގެ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
އެ ދޫނި ބަލައިލަން ގިނަ ބަޔަކު ކޮންމެ ދުވަހަކު ވެސް ހުޅުމާލޭގެ އެ ސަރަޙައްދަށް ޒިޔާރަތް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު