ވިލިމާލެ ފަޅުގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ މިޙާދިސާ ހިނގާފައިވަނީ، މިއަދު ފަތިހު 5:12 ހާއިރު ވިލިމާލޭ "ބަސްމަލާ" ގޭގައި ކަމަށެވެ. އެޙާދިސާގެ މަޢުލޫމާތު ވިލިމާލެ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، ވިލިމާލެ ފަޔަރ ސްޓޭޝަންގެ ސިފައިން އަލިފާން ނިވާލުމަށް މަސައްކަތްފެށިކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

"އޭސީ މަރާމާތުކުރުމުގެ މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު ގުދަންކޮށް، ވޯކްޝޮޕެއްގޮތަށް ހަދާފައިވާ މި ދެ ކޮޓަރީގައި ރޯވި އަލިފާން ފަޔަރފައިޓަރުން ކުރި މަސައްކަތުން ނިއްވާލެވިފައި ވަނީ ފަތިހު 05:55 ހާއިރުއެވެ." އެމްއެންޑީއެފުން ބުނެފައިވެއެވެ.



މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ. އަދި އެ ދެ ކޮޓަރީގައި ހުރި ބައެއް ތަކެއްޗަށާއި ފާޚާނާއަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައިކަމަށްވެސް އެމްއެންޑީއެފުން ހާމަކޮށްފައިވެއެވެ.

މިޙާދިސާ ހިނގަން މެދުވެރިވީ ސަބަބު ތަހުޤީޤު ކުރަމުންދާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން