މަގްބޫލު ހިންދީ ފިލްމީ ސިލްސިލާ "އާޝިގީ"ގެ ތިންވަނަ ބައިގައި އަންހެން ބަތަލެއްގެ ރޯލަށް ބޮލީވުޑްގެ އަރަމުންދާ ތަރި، ޓާރާ ސުތާރިއާ ހަމަޖައްސައިފިއެވެ.

ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ ހިތްގައިމު މިއުޒިކަލް ފިލްމު "އާޝިގީ"ގެ ތިން ވަނަ ބައި ކުޅުމަށް މާ ކުރިއްސުރެ މަޝްހޫރު ބަތަލު ކާތިކް އާރްޔަން ވަނީ ހަމަޖައްސައިފައެވެ. އެހެން ނަމަވެސް، އޭނާއާއިއެކު ހަރަކާތްތެރިވާނެ އަންހެން ފަންނާނަކީ ކާކުކަމެއް ފިލްމު ޕްރޮޑަކްޝަނަށް ނިންމަން ދަތިވިއެވެ.

މީގެ ކުރީގައި އެ ރޯލަށް ސާރާ ޢަލީ ޚާން ހަމަޖައްސަން އުޅުނު ކަމަށްވެސް އަޑު ފެތުރުނެވެ. އޭނާ ޝައުގުވެރިކަން ފާޅުކުރި ނަމަވެސް، އެ ފިލްމަށް އޭނާ ހަމައެއް ނުޖެއްސުނެވެ.

"އާޝިގީ" ގެ ތިން ވަނަ ފިލްމު ޑައިރެކްޓް ކުރުމަށް ހަމަޖެހިފައިވަނީ ހިންދީ ފިލްމު ޑައިރެކްޓްކުރާ ކުޅަދާނަ ޑައިރެކްޓަރ އަނޫރާގް ބާސޫއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން