ހދ. ކުޅުދުއްފުށީ އެއާޕޯޓްގައި އެއްޗެއް ގޮވައި ބަޔަކަށް އަނިޔާވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ޙާދިސާގައި އަނިޔާވި އެކެއްގެ ހާލު ސީރިއަސްއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގީ އެއާޕޯޓުގެ ފަޔަރ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރެއް ރިފިލްކުރުމުގެ ތެރޭގައި އެ ގޮވައިގެން ކަމަށެވެ.
މިޙާދިސާގައި 4 މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަނިޔާވި މީހުންނަކީ އެއާޕޯޓްގެ މުވައްޒަފުންކަން ވަނީ އެނގިފައެވެ.
އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނެނީ އަންހެނަކާއި ތިން ފިރިހެނުންނެވެ. އެ މީހުންނަށް މިހާރު ފަރުވާ ދެމުން އަންނަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގަ އެވެ.
އަނިޔާވިމީހުން އިތުރުފަރުވާއަށް މާލެ ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު