ކުޅުދުއްފުށީ އެއަރޕޯޓް ރޭގަނޑު ދިއްލާފައި
ކުޅުދުއްފުށީ އެއަރޕޯޓް ރޭގަނޑު ދިއްލާފައި
ގޭސްފުޅިއެއް ގޮވައި މިއަދު ހިނގި ޙާދިސާގެ ސަބަބުން ކުޅުދުއްފުށީ އެއާޕޯޓު އޮޕަރޭޝަނަށް ބުރުލެއް ނާރާނެ ކަމަށް ރީޖަނަލް އެއަރޕޯޓްސް އިން ހާމަކޮށްފިއެވެ.

ކުޅުދުއްފުށީ އެއާޕޯޓްގެ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރެއް ރީފިލް ކުރުމުގެ ތެރޭގައި ގޮވައި އެއަރޕޯޓުގެ 4 މުވައްޒަފަކަށް މިއަދު ވަނީ އަނިޔާވެފައެވެ.

އެކަމާ ގުޅިގެން ކުޅުދުއްފުށި އެއަރޕޯޓު ހިންގަމުންދާ ރީޖަނަލް އެއަރޕޯޓްސްއިން ބުނެފައިވަނީ މިއަދު ދިމާވި ހިތާމަވެރި ހާދިސާގެ ސަބަބުން އެއަރޕޯޓުގެ އޮޕަރޭޝަނަށް މެދުކެނޑުމެއް ނާންނާނެ ކަމަށެވެ. އަދި އާދައިގެ މަތިން އެއާޕޯޓަށް ފްލައިޓް ޖައްސައިި ދަތުރުވެރިންގެ ކަންކަން ކުރިއަށްދާނެކަމަށް އެކުންފުނިން މަޢުލޫމާތުދެއެވެ.

މިއަދު ޙާދިސާ ހިނގަން މެދުވެރިވީ ފަޔަރ އިކުއިޕްމަންޓްތަކެއްގެ ޕްރެޝަރު ޓެސްޓު ކުރުމުގެ ތެރޭގައި ޕްރެޝަރު ބޮޑުވެ ސިލިންޑަރ ބާސްޓްވެގެން ކަމަށް ރީޖަނަލް އެއަރޕޯޓްސް އިން ވަނީ ބުނެފައެވެ.

މިޙާދިސާގައި 4 މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނެނީ އަންހެނަކާއި ތިން ފިރިހެނުންނެވެ. އެ މީހުންނަށް މިހާރު ފަރުވާ ދެމުން އަންނަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން