ޅ. ނައިފަރު އަތޮޅު ހޮސްޕިޓަލުގައި އޮތް ޙާލުބޮޑު ތުއްތު ކުއްޖަކު އެމްއެންޑީއެފުން މާލެ ގެނެސްދީފިއެވެ.

އެމްއެންޑީއެފުން ބުނީ ނައިފަރު އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ޙާލުބޮޑު ތުއްތު ކުއްޖަކު، އެމްއެންޑީއެފް ނޮދަރން އޭރިއާ ކޮމާންޑުގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފައިވާ ކަމަށެވެ.

މި ތުއްތުކުއްޖާ މާލެ ގެނެސްދީފައިވަނީ ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް އެ ކުއްޖާ ބެއްލެވި ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންނެވެ.

އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މި ތުއްތު ކުއްޖާ މާލެ ގެނެސްފައިވަނީ އިއްޔެ 12:16 ހާއިރުއެވެ.

ރާއްޖޭގެ އެކިހިސާބުތަކުގައި ހާލުދެރަވާ ބަލިމީހުން އެމްއެންޑީއެފްގެ އުޅަނދުތަކުގައި މީގެ ކުރިންވެސް މާލެ ގެނެސްދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން