މާފުށީ ޖަލު
މާފުށީ ޖަލު
ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކުރި މީހެއް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކުށަށް އިއުތިރާފުވެ ވީހާވެސް ގިނަދުވަހު ބަންދުގައި ބެހެއްޓުމަށް އެދިއްޖެ އެވެ.

ޢުމުރުން 60 އަހަރުގެ މީހާ ކޯޓުގައި ބުނެފައިވަނީ އޭނާއަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއް ކަމަށާއި ވައްކަން ކުރުމާއި މަސްތުވާތަކެތީގެ ކުށްތައް ގިނަވުމުން އާއިލާއިންވެސް އޭނާ ބަލައިނުގަންނަ ކަމަށެވެ.

އެހެންކަމުން ދިރިއުޅެން ޖެހިފައިވަނީވެސް މަގުމަތީގައި ކަމަށާއި ވީހާވެސް ގިނަދުވަހު ބަންދުގައި ބަހައްޓައި ދިނުމަށް އޭނާވަނީ ކޯޓުގައި އެދިފައެވެ.

ފުލުހުން އެމީހާ ހައްޔަރު ކޮށްފައިވަނީ ޕާކެއްގެ ކައިރިން މޯބައިލް ފޯނެއް ފޭރުނު މައްސަލައިގެ ތުހުމަތުގައެވެ. އޭނާއަކީ ހައްޔަރު ރެކޯޑް ގިނަ މީހެއްކަން ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވެސް ވަނީ ފާހަގަކޮށްފައެވެ.

އެމީހާ ފޭރުމުގެ ކުށަށް އިއުތިރާފް ވެފައިވާތީ ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ އެމީހާ 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން