މަކުނުދޫގައި ނަރުދަމާ މަސައްކަތެއް ކުރަނިކޮށް އެއްޗެއް ގޮވާ ދެމީހަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ، މަކުނުދޫގައި ނަރުދަމާ މަސައްކަތް ކުރަމުންދިޔަ ސައިޓުގައި އެއްޗެއް ގޮވައިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަަމަށާއި އެ ސީންގައި މިހާރު ފުލުހުން ހަރަކާތްތެރި ވަމުން ދާ ކަމަށެވެ.

މި ހާދިސާގައި ބިދޭސީ ދެ ފިރިހެނުން މަރުވެފައިވާ ކަމަށާއި ގޮވާފައިވަނީ ގޭސް ސިލިންޑަރެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި އެމީހުންގެ ހަށިގަނޑު ސިފަވަކިނުވާވަރަށް ޒަޚަމްވެފައި ވާކަމަށް ބައެއް މަސްދަރުތަކުން ރިޕޯޓް ކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން