ވެލާނާ އެއާޕޯޓްގައި މީހުންނަށް އުނދަގޫ ކުރަމުންދިޔަ ޗައިނާމީހާ އިމިގްރޭޝަނާ ޙަވާލުކޮށްފިއެވެ.

ޗައިނާއަށް ނިސްބަތްވާ އެ އަންހެންމީހާ މިމަހުގެ 16 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، އެއާޕޯޓް ތެރޭގައި އެހެން މީހުންނަށް އުނދަގޫ ވާގޮތަށް އަޑުގަދަކޮށް އުޅުމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

"ތަންތަނަށް ކުޅު ޖެހުން ފަދަ އަމަލުތައް ހިންގާތީ އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ." ފުލުހުން ބުނެފައިވެއެވެ.

އެމައްސަލައިގެ އިތުރު ތަފްސީލް ހާމަކުރަމުން ފުލުހުން މިއަދު ބުނެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާ އޮކްޓޯބަރ 19 ވަނަ ދުވަހު ވަނީ އިމިގްރޭޝަނާ ޙަވާލުކޮށްފައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން