މާލޭ ޑްރީމްސް މޯބައިލްގެ ފިހާރައެއްގައި ބިދޭސީއެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދިން އަންހެން މީހާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިމަހުގެ 7 ވަނަ ދުވަހު ޑްރީމްސް މޯބައިލް ފިހާރަ ތެރޭގައެވެ. ޑްރީމްސް މޯބައިލް ފިހާރައިގެ މީހަކު މި ނޫހަށް މައުލޫމާތު ދެމުން ބުނީ ހާދިސާގައި އަނިޔާވެފައިވަނީ އެ ފިހާރައިގެ ބިދޭސީ ކޭޝިއަރަކަށް ކަމަށެވެ. އޭނާއަށް ހަމަަލާ ދީފައިވަނީ ފިހާރައަށް ވަތް އަންހެނެކެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ތ. ތިމަރަފުށީ، ސަލްވާ އުމުރުން 29 އަހަރުގެ ފާތިމަތު ޝަހުދާއެވެ. ކްރިމިނަލް ކޯޓުން އޭނާގެ ބަންދުގެ މުއްދަތަށް 15 ދުވަސް އިތުރުކޮށްފައި ވަނީ އޭނާގެ ބަންދަށް ކްރިމިނަކް ކޯޓުން ފުރަތަމަ ދިން 15 ދުވަސް ހަމަވުމާ ގުޅިގެނެވެ.
އޭނާ ބަންދުގައި ބެެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރުުގައި ވަނީ އޭނާއަކީ މީގެ ކުރިންވެސް މިފަދަ ކުށުގެ ރިކޯޑް އޮންނަ މީހެއް ކަމަށެވެ. އަދި އޭނާ އެކުށް ކުރިކަމަށް ތުހުމަތު ކުރެވޭ އެކަށީގެންވާ މިންވަރުގެ ހެއްކާއި ގަރީނާ ހުށަހަޅާފައިވާކަން ކޯޓުން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ޖިނާއި އިޖުރާއަތުގެ ގާނޫނުގެ ދަށުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި ޙާދިސާގެ ވީޑިއޯއިން ފެންނަ ގޮތުގައި މި އަންހެންމީހާ ފިހާރައަށް ވަނުމަށްފަހު ފޯނެއް ދައްކަން ބުނެއެވެ. އަދި އޭނާއަށް ކޭޝިއަރ ފޯނެއް ދެއްކުމަށްފަހު ދެކެވުނު ވާހަކައިން އޭނާ ކޭޝިއަރާއި ދިމާލަށް އިނގިލި ދިއްކުރި މަންޒަރު ފެނެއެވެ.
އެއަށްފަހު ކޭޝިއަރ މީހަކަށް ގުޅާ ތަން ފެނެއެވެ. އޭނާ ފޯނުކުރަން ހުއްޓާ ކުއްލިއަކަށް އަންހެންމީހާ ކައުންޓަރ ކައިރީގައި ހުރެ އަވަސްއަވަހަށް އޭނާގެ ކަރަށް ވަޅިން ހަމަލާ ދިނެވެ. އަދި ހަމަލާ ދިނުމަށްފަހު ވަޅި ހިފައިގެން އޭނާ އެތަނުން ފިލައިގެން ދިޔައީއެވެ.

ކިޔުންތެރިންގެ ހިޔާލު