މާރާމާރީގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، ކެނެރީ މަގުގައި މާރާމާރީއެއް ހިނގާ ކަމަށް ރޭ 10:05 ހާއިރު ފުލުހުންނަށް ރިޕޯޓު ކުރުމާއެކު ސީނަށް ގޮސް ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ، އެމްޓީޑީގެ ކައުންސިލް މެންބަރު އަދި މީސް މީޑީއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ) އެވެ.

ފުލުހުން އިތުރަށް ބުނީ މާރާމާރީއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން