ހދ. މަކުނުދޫގައި ހިނގާދިޔަ ސިލިންޑަރެއް ގޮވުމުގެ ޙާދިސާގައި މަރުވި ދެމީހުންގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިފިއެވެ.
ފުލުހުން މިއަދު ބުނީ މަރުވި ދެމީހުންގެ އާއިލާގެ އެދުމުގެ މަތިން ހަށިގަނޑުގެ ބައިތައް އާއިލާއާ ހަވާލު ކުރުމަށްޓަކައި އިއްޔެ އިންޑިއާއަށް ފޮނުވާލާފައިވާ ކަަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު ހިނގި މި ހާދިސާގައި މަރުވީ މަކުނުދޫ އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރަން ކުރިއަށްގެންދާ މަޝްރޫއުގެ މަސައްކަތް ކުރާ ބިގް ފިޝް ކުންފުނީގެ ދެ ބިދޭސީ ފިރިހެނުންނެވެ. އެ ދެމީހުންނަކީ އަވަށްޓެރި އިންޑިއާ އަށް ނިސްބަތްވާ މުހައްމަދު ރާޖާ އަންސާރީ, 27, އަދި ސުދީރާ ސެތީ, 25, އެވެ.
އެ ހާދިސާއަށްފަހު ދެމީހުންގެ ހަށިގަނޑުގެ ބައިތައް އިތުރު ތަހުލީލު ކުރުމަށް ފުރަތަމަ ގެނެސްފައިވަނީ މާލެއަށެވެ.
މި ހާދިސާ ހިނގާފައިވަނީ މަކުނުދޫ މަސް މާރުކޭޓު ކައިރީގައި އޮތް ގޭސް ސިލިންޑަރެއް ގޮވައިގެންނެވެ. ގޭސް ސިލިންޑަރު ގޮވައި ހިނގި މި ހާދިސާގައި ދެ ބިދޭސީއަކު މަރުވެފައިވާއިރު މަރުވި ދެ މީހުންގެ ހަށިގަނޑުގެ ބައިތަށް ސިފަ ވަކިނުވާ ވަރަށް ޗިސްޗިސްވެ ބުރައިގެން ގޮސްފައިވާ ކަމަށް މަކުނުދޫއިން ވާހަކަ ދެއްކި ބައެއް މީހުން ބުނެއެވެ. އަދި ގޭސް ސިލިންޑަރު ގޮވި ބާރުގަދަ އަޑުފައްގަޑާއެކު މުޅި ރަށައް ގުޑުން އަރައިގެން ދިޔަ ކަމަށް އެރަށުން ވާހަކަ ދެއްކި މީހުން ބުނެފައިވެއެވެ.
މިހާދިސާގައި އެރަށުގެ ބަނދަރު މަތީގައި ހުރި އިމާރާތެއްގެ ބިއްލޫރިގަނޑު އެއްކޮށް ތަޅައިގެން ގޮސް އިމާރާތުގެ ސީލިންގުގެ ބައެއް ވެސް ވެއްޓި ފަޅު ތެރޭގައި އަޅާފައި އޮތް ދޯންޏެއްގެ ބިއްލޫރި ގަނޑެއް ވެސް ތަޅައިގެން ގޮސް ވަނީ ގެއްލުން ތަކެއް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު