މީހަކު ރަހީނު ކުރި މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީއެއްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހެއް ކަމަށްވާ 37 އަހަރުގެ މުހައްމަދު އާރިފް ހޮސައިންގެ ބަންދަށް ކްރިމިނަލް ކޯޓުން ދީފައިވަނީ 15 ދުވަހެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބުނެފައިވަނީ އޭނާ އެއަނިޔާވެރި ޢަމަލު ހިންގާފައިވަނީ އިތުރު ބަޔަކާ ބައިވެރިވެގެން ކަމަށް ބެލެވޭ ކަމަށެވެ. އަދި އޭނާ އަކީ ރާއްޖޭގައި ގާނޫނާ ހިލާފަށް އުޅޭ މީހެއް ކަމަށް ވާތީ ފިލައިގެން ދިއުމުގެ އިހުތިމާލު އޮތްކަމަށްވެސް ބަންދު އަމުރުގައިވެއެވެ.

ފުލުހުން ވަނީ އޭނާއާ ދެކޮޅަށް ވީޑިއޯ ފުޓޭޖެއް ހެކީގެ ގޮތުގައި ހުށައަޅާފައެވެ.

މިމައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، 29 އޯގަސްޓް 2023 ވީ އަންގާރަ ދުވަހު ވެސް މާލޭގެ ގެއެއްގައި މީހަކު ރަހީނުކުރި މައްސަލައެއްގައި ދިވެއްސެއް ހައްޔަރުކޮށްފައިވެއެވެ.

ހަމައެއާއެކު 8 އޮކްޓޫބަރު 2023 ވީ އާދިއްތަ ދުވަހު މާލޭގެ ގެއެއްގެ ތެރޭގައި ރަހީނުކޮށްފައި ހުރި ބިދޭސީއަކު އަމިއްލައަށް ސަލާމަތްވެގެން އާއްމުންގެ އެހީތެރިކަމަށް އެދިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން