ހއ. އަތޮޅުގައި ލޯންޗަކާއި ދޯންޏެއް މުޑިއަރައި އަނިޔާވި މީހަކު ނިޔާވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ އެ ދެ އުޅަނދުގެ ތެރެއިން ދޯނި ދުއްވަން ހުރި 68 އަހަރުގެ ދިވެއްސެކެވެ.

މިހާދިސާގައި މުޑިއަރާފައި ވަނީ ހއ. އިހަވަންދޫ ދޯންޏަކާއި ހދ. ނެއްލައިދޫ ލޯންޗެކެވެ. އެކްސިޑެންޓްގައި ނިޔާވި މީހާ ފެނުނީ ހޯދަމުން ދަނިކޮށް ކަނޑުންނެވެ.

ފުލުހުން މިރޭ ބުނީ އިހަވަންދޫ ކައިރީ އޮންނަ ހުވަހަންދޫ ކައިރީގައި ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިރޭ ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާވެގެން އިހަވަންދޫ ހެލްތު ސެންޓަރުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މީގެތެރެއިން އެކެއްގެ ހާލަތު ސީރިއަސް ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. މި އެކްސިޑެންޓުގައި ނިޔާވީ ޙާލު ސީރިއަސްވެގެން އިހަވަންދޫ ހެލްތު ސެންޓަރުގައި ފަރުވާދެމުން ގެންދިޔަ އެ ރަށު ނަޔާޑޭޒީގެ އަބްދުއްރަޝީދު މުހައްމަދެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން