ހައިކޯޓުގެ ފަނޑިޔާރު އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ އަހުމަދު ޝަކީލް ފަނޑިޔާރުކަމުގެ މަޤާމުން ރިޓަޔަކުރައްވަން ހުށަހަޅުއްވައިފި އެވެ.
ޝަކީލް ފަނޑިޔާރުކަމުގެ މަޤާމުން ރިޓަޔަކުރައްވަން އެދިވަޑައިގެން ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީއަށް ހުށަހެޅުއްވި ނަމަވެސް، ރިޓަޔަމެންޓާ ގުޅޭގޮތުން ޖޭއެސްސީން އަދި ގޮތެއް ނުނިންމައެވެ.
ފަނޑިޔާރަކު އަމިއްލައަށް ރިޓަޔަކުރައްވަން ހުށަހެޅުއްވި ނަމަވެސް، ރިޓަޔަމެންޓް ލިބޭނީ ޖޭއެސްސީން އެގޮތަށް ނިންމެވުމުންނެވެ.
23 މާރިޗު 2003 ގައި ފަނޑިޔާރުކަމަށް ޢައްޔަންކުރެވުނު އަލްއުސްތާޛު އަޙްމަދު ޝަކީލަކީ ވިލާކޮލެޖުން ޤާނޫނީ ދާއިރާއިން ބެޗެލަރ އޮފް ޝަރީޢާ އަދި މާސްޓަރ އޮފް ޝަރީޢާ ހާސިލްކޮށްފައިވާ ބޭފުޅެކެވެ.
19 އަހަރު ފަނޑިޔާރުކަމުގައި އަޙްމަދު ޝަކީލް މަސައްކަތް ކުރަށްވާފައިވާއިރު އެ މުއްދަތުގައި އއ.އުކުޅަހު މެޖިސްޓްރޭޓް ކޯޓާއި، ޖުވެނައިލް ކޯޓާއި ފެމެލީ ކޯޓާއި ކްރިމިނަލް ކޯޓާއި ހައިކޯޓުގައި މަސައްކަތް ކުރަށްވާފައިވެއެވެ.
ޝަކީލަކީ ވ. އާރަށުގެ މައްސަލައިގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީނަށް 11 އަހަރުގެ ޖަލުހުކުމް އިއްވި ފަނޑިޔާރެވެ. މީގެކުރިން ވޮޑަމުލާ މައްސަލައިގައި ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް ހުކުމް އިއްވި ފަނޑިޔާރު އަލީ ރަޝީދު އަޙްމަދު މިހާރު ވަނީ ސުޕްރީމް ކޯޓަށް އައްޔަންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު