ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްގެ މުވައްޒަފުން ފަސް ލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.

މި ފައިސާ ހަދިޔާކޮށްފައިވަނީ މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) އިން ހިންގާ ފަލަސްތީން ރިލީފް ފަންޑަށް ކަމަށް އެމްޕީއެލުން މަޢުލޫމާތުދެއެވެ.

އެމްޕީއެލުން ބުނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް އެކުންފުނީގެ ފަރާތުން އެކި ސަރަޙައްދުތަކުގައި ފަންޑް ފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހަމައެއާއެކު ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ހިންގަމުންދާ ހަރަކާތްތަކަށް އެ ކުންފުނިން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.



އެގޮތުން މިއަދު ރެޑްކްރެސެންޓަށް ފައިސާ ހަދިޔާކޮށްފައިވަނީ އިޒްރޭލުން ޣައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމުގެ މަޤްސަދުގައި ކަމަށް އެމްޕީއެލުން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން