ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް
ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް
ކޯޓުގެ ހުރުމަތް ކެނޑި މައްސަލައެއްގައި ޕީޖީ އޮފީސް 10000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓު ކޯޓުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޖޫރިމަނާ ކޮށްފައިވަނީ އެކޯޓުން ބަލަމުންގެންދާ މައްސަލައެއްގައި ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކުގެ ތެރެއިން ހެކި ހާމަކުރުމަށް އެދި ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން، އެ ހެކިތައް ހާމަކުރަން ކުރި އަމުރަށް ދައުލަތުން ބޯނުލެނބުމުންނެވެ.

މި މައްސަލާގައި އެހެކިތައް ހާމަކުރަން ދެ ފަހަރެއްގެ މަތިން ދައުލަތުގެ މައްޗަށް ކޯޓުން އަމުރު ކޮށްފައިވެއެވެ. އެގޮތުން 6 މާޗު 2023 ގައި 7 ދުވަހުގެ ތެރޭގައި ހެކިތައް ހާމަކުރަން އެންގުމުން ދަޢުލަތުން އެ އަމުރަށް ތަބާވެފައެއް ނުވެއެވެ.

އަދި ދެވަނަ ފަހަރަށް 4 އޭޕްރީލް 2023 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެ ހެކިތައް ފޭދޫ މެޖިސްޓްރޭޓު ކޯޓަށް ހުށައެޅުމަށް އެންގުމުންވެސް ދަޢުލަތުން އެއަމުރަށް ތަބާވެފައެއް ނުވެއެވެ.

އެމައްސަލާގައި މިއަދު އޮތް އަޑުއެހުމުގައި ދައުލަތުން ބުނެފައިވަނީ ހެކިތައް ހާމަކުރެވޭނީ ޕީޖީގެ ފަރާތުން ކުރިން ބުނެފައިވާ ގޮތަށް ކަމަށެވެ. އެހެންކަމުން އިސްމެޖިސްޓްރޭޓު މުޙައްމަދު ޢަފީފު ނިންމަވާފައިވަނީ، ޕީޖީ އޮފީހުން ކޯޓުގެ ޙުރުމަތް ކަނޑާފައިވާ ކަމަށެވެ.

އަދި އެކަމުގެ އަދަބެއްގެ ގޮތުން ކޯޓުތަކުގެ ޤާނޫނުގެ ދަށުން ޕީޖީ އޮފީސް 10،000 ރުފިޔާއިން ޖޫރިމަނާކޮށް އެފައިސާ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ކޯޓަށް ދެއްކުމަށް ޕީޖީ އޮފީހުގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން