އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އެމަގާމުން ވަކި ކުރީ ގާނޫނާ ހިލާފަށް ކަމަށާއި އެ މަގާމު އަނބުރާ ޝުޖާއުއަށް ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިއަދު އަމުރު ކޮށްފިއެވެ.
އަރަބިއްޔާގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނެވި ޝުޖާއު އެ މަގާމުން ވަކިކޮށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަށް ބަދަލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރމަހުގެ ކުރީކޮޅުއެވެ. އަދި އެ ސްކޫލް ވަގުތީގޮތުން ހިންގެވުން އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސެއިން ސައީދާ ވަނީ ހަވާލުކޮށްފައެވެ.
ޝުޖާއުގެ ފަރާތުން އެ މައްސަލަ ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައެވެ. އަދި ޓްރައިބިއުނަލުން މިއަދު ނިންމާފައިވަނީ ޝުޖާއު އެ މަގާމުން ވަކިކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ޝުޖާއުއަށް އެ މަގާމު އަނބުރާ ދިނުމަށްވެސް ޓްރައިބިއުނަލުން ވަނީ އަންގާފައެވެ.
8 ޖެނުއަރީ 2018 ގައި ޢަރަބިއްޔާގެ ޕްރިންސިޕަލްކަމަށް ޢައްޔަނު ކުރެއްވި ޝުޖާއު އަރަބިއްޔާ ޕްރިންސިޕަލްގެ މަގާމުން ވަކިކޮށްފައިވަނީ އެ ސްކޫލްގެ ޕްރިންސިލަޕްގެ މަގާމުގައި ހުންނަވާތާ 4 އަހަރަށް ވުރެ ގިނަ ދުވަސްވެފައި ވަނިކޮށެވެ.
ޢަރަބިއްޔާގެ ޕްރިންސިޕަލްގެ މަޤާމުން ޝުޖާއު ވަކިކުރި މައްސަލަ ބަލައި ނިމެންދެން އެމަގާމަށް އެހެން މީހަކު އައްޔަނު ނުކުރުމަށްވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލުން މީގެކުރިން އަމުރުކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު