ރާއްޖޭގެ ހުރިހާ ޤާނޫނުތަކެއް އެއްވެބްސައިޓަކުން ބަލާލެވޭގޮތަށް ފަރުވާކޮށްފައިވާ 'އެމްވީލޯ' ގެ އާ ވެބްސައިޓް މިއަދު އިފްތިތާހުކޮށްފި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ މި ވެބްސައިޓަކީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)ގެ އެހީތެރިކަމާއެކު ޖަވާބު ޕްރައިވެޓް ލިމިޓެޑުން ފަރުމާކޮށް ޑިވެލޮޕް ކޮށްފައިވާ ވެބްސައިޓެއް ކަމަށެވެ.

މި ވެބްސައިޓް މެދުވެރިކޮށް ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާއި އެ ގާނޫނުތަކަށް ގެންނަ އިސްލާހުތައް ފަސޭހައިން ބަލާލެވޭނެ ކަމަށާއި ގާނޫނީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތް ހަލުވި ކުރުމަށް މި ވެބްސައިޓުން މަގުފަހިކޮށްދޭނެ ކަމަށް އޭޖީ އޮފީހުން ބުނެފައިވެއެވެ.

މިވެބްސައިޓް އިފްތިތާހު ކުރުމަށް މިއަދު އޮޖީ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޑެޕިއުޓީ ރެސިޑެންޓް ރިޕްރެޒެންޓޭޓިވް މިސް ޕެކް ޗުއާން ވިދާޅުވީ މި ވެބްސައިޓަކީ އާންމުންގެ ބޭނުންތަކަށް އިޖާބަދޭ އަދި އެންމެންގެ ބައިވެރިވުން ހިމެނޭފަދަ ގޮތަކަށް ގާނޫނުތައް ހެދުމަށްޓަކައި އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށެވެ.

މި ވެބްސައިޓްގެ މޯބައިލް އެޕްލިކޭޝަން ވަރަށް އަވަހަށް އިފްތިތާޙް ކުރާނެ ކަމަށް އޭޖީ އޮފީހުން މަޢުލޫމާތުދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން