ދިވެހި ސިފައިންގެ އަސްކަރީ ތަމްރީނެއް މާލޭ ސަރަޙައްދުގައި ފަށައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ މި ތަމްރީނުތައް ކުރިއަށްދާނީ އިއްޔެއިން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް މާލެ، ހުޅުމާލެ ފޭސް 1، ހުޅުމާލެ ފޭސް 2، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަދި މާލެ ކައިރި ކަނޑުގެ ސަރަހައްދުގައި ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާނެ ކަމަށެވެ. އަދި ސިމިއުލޭޝަންގެ ގޮތުގައި ބޭނުންކުރާ ހަތިޔާރާއި ބްލޭންކް ވަޒަން ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

މިތަމްރީނުތަކާ ގުޅޭ އިތުރު މަޢުލޫމާތު އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން