ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހި ސިފައިން އެއްޖަމާޢަތެއްގައި ފަތިސް ނަމާދުކޮށްފިއެވެ.
މޯލްޑީވްސް ނޭޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފުން ބުނީ މިއަދު ސިފައިން އެއްޖަމާއަތުގައި ފަތިސްނަމާދު ކޮށްފައިވަނީ މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގައި ކަމަށެވެ. ފަތިސް ނަމާދަށްފަހު ނަޞްރުގެ ދުވަހާ ގުޅޭ ޚާއްޞަ ދުޢާއެއް ސިފައިން ވަނީ ކޮށްފައެވެ.
ނަޞްރުގެ ދުވަހާއި ގުޅިގެން އިސްލާމީ މަރުކަޒުގައި ފަތިސް ނަމާދުކުރި ޖަމާޢަތުގައި ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް ޢަބްދުﷲ ޝަމާލާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، އޮފިސަރުންގެ އިތުރުން ގިނަ އަދަދެއްގެ ސިފައިންނާއި އާންމުން ބައިވެރިވެފައި ވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.
ނަޞްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސިފައިންގެ ހުރިހާ އޭރިއާ ކޮމާންޑުތަކެއްގައިވެސް މިއަދު ވަނީ އެއް ޖަމާޢަތެއްގައި ފަތިސް ނަމާދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު