ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން ޖޭއެސްސީން ހުޅުވާލައިފިއެވެ.
ޖޭއެސްސީން ބުނީ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 12ވަނަ ދުވަހުގެ ރޭގަނޑު 23:00ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ހައިކޯޓުގެ ފަނޑިޔާރުކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް މަޤާމަށް ކުރިމަތި ލުމަށް ޖޭއެސްސީން ވަނީ އެދިފައެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތުގެ ޝަރުތުތަކަކީ އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމާއިއެކު ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުމެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ މުސާރައަށް 36000 ރުފިޔާ އާއި ލިވިން އެލަވަންސްގެ ގޮތުގައި 15000 ރުފިޔާ އާއި ރިސްކް އެލަވަންސްގެ ގޮތުގައި 3300 ރުފިޔާ އާއި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯން އެލަވަންސް ވެސް ލިބޭނެއެވެ.
ޖޭއެސްސީން ވަނީ މިދިޔަ އޮކްޓޯބަރ މަހުގެ 30ވަނަ ދުވަހު، ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް އެކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު އައްޔަނުކޮށްފައެވެ.
އޭގެ އިތުރުން އެކޯޓުގެ ފަނޑިޔާރު އަޙްމަދު ޝަކީލު ރިޓަޔާކުރެއްވުމަށްވެސް ޖޭއެސްސީން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު