ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގި މީހަކާއި ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކުރި މީހަކު ހޯދަން ދިވެހި ފުލުހުންގެ ޚިދުމަތުން އިއުލާނު ކޮށްފިއެވެ.

ފުލުހުން ބުނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރު ކުރެވިފައިނުވާ ދެ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

ކޯޓުގެ އަމުރާ ގުޅިގެން ފުލުހުން ހޯދަމުންދަނީ ކ. މާލެ / މއ. ކޮޓްންވިލާ، އަޙްމަދު ސަފްނީޒް (40އ) އާއި ގއ. ކޮލަމާފުށި / އަސަރީގެ، މުޙައްމަދު ސާއިފް ޢަލީ (23އ) އެވެ.

އަޙްމަދު ސަފްނީޒް ހޯދަމުންދަނީ ހުއްދަނޫން ގޮތުގައި ޖިންސީ މުޢާމަލާތެއް ކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން 2023 ނޮވެމްބަރ 13 ވަނަ ދުވަހުގެ 9:00 އަށް ކްރިމިނަލް ކޯޓަށް ހާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

އަދި މުޙައްމަދު ސާއިފް ޢަލީ ހޯދަމުންދަނީ ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރުކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން 2023 ނޮވެމްބަރ 13 ވަނަ ދުވަހުގެ 13:00 އަށް ކްރިމިނަލް ކޯޓަށް ހާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

މިމީހުންނާގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި އެކަން ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން