މާލޭ ޑްރީމްސް މޯބައިލްގެ ފިހާރައެއްގައި ބިދޭސީއެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދިން އަންހެން މީހާ ކޯޓުން ދޫކޮށްލައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އޮކްޓޯބަރ 7 ވަނަ ދުވަހު ޑްރީމްސް މޯބައިލް ފިހާރަ ތެރޭގައެވެ. ޑްރީމްސް މޯބައިލް ފިހާރައިގެ މީހަކު މި ނޫހަށް މައުލޫމާތު ދެމުން ބުނީ ހާދިސާގައި އަނިޔާވެފައިވަނީ އެ ފިހާރައިގެ ބިދޭސީ ކޭޝިއަރަކަށް ކަމަށެވެ. އޭނާއަށް ހަމަަލާ ދީފައިވަނީ ފިހާރައަށް ވަތް އަންހެނެކެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ތ. ތިމަރަފުށީ، ސަލްވާ އުމުރުން 29 އަހަރުގެ ފާތިމަތު ޝަހުދާއެވެ. ކްރިމިނަލް ކޯޓުން ދެފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތަށް ޖުމުލަ 30 ދުވަސް އިތުރުކޮށްފައިވެއެވެ.

ފުލުހުން މިއަދު ބުނީ، ޝަހުދާ ބަންދުން ދޫކޮށްލީ ބަންދުގެ މުއްދަތު އިތުރުކުރަން މިދިޔަ އަންގާރަ ދުވަހު ކޯޓަށް ހާޒިރުކުރުމުން އޭނާ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ބުނެ ކަމަށެވެ.



އޭނާ ބަންދުގައި ބެެހެއްޓުމަށް ކްރިމިނަލް ކޯޓުން މީގެ ކުރިން ކޮށްފައިވާ އަމުރުުގައި ވަނީ އޭނާއަކީ މީގެ ކުރިންވެސް މިފަދަ ކުށުގެ ރިކޯޑް އޮންނަ މީހެއް ކަމަށެވެ. އަދި އޭނާ އެކުށް ކުރިކަމަށް ތުހުމަތު ކުރެވޭ އެކަށީގެންވާ މިންވަރުގެ ހެއްކާއި ގަރީނާ ހުށަހަޅާފައިވާކަން ކޯޓުން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ޖިނާއި އިޖުރާއަތުގެ ގާނޫނުގެ ދަށުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި ޙާދިސާގެ ވީޑިއޯއިން ފެންނަ ގޮތުގައި މި އަންހެންމީހާ ފިހާރައަށް ވަނުމަށްފަހު ފޯނެއް ދައްކަން ބުނެއެވެ. އަދި އޭނާއަށް ކޭޝިއަރ ފޯނެއް ދެއްކުމަށްފަހު ދެކެވުނު ވާހަކައިން އޭނާ ކޭޝިއަރާއި ދިމާލަށް އިނގިލި ދިއްކުރި މަންޒަރު ފެނެއެވެ.

އެއަށްފަހު ކޭޝިއަރ މީހަކަށް ގުޅާ ތަން ފެނެއެވެ. އޭނާ ފޯނުކުރަން ހުއްޓާ ކުއްލިއަކަށް އަންހެންމީހާ ކައުންޓަރ ކައިރީގައި ހުރެ އަވަސްއަވަހަށް އޭނާގެ ކަރަށް ވަޅިން ހަމަލާ ދިނެވެ. އަދި ހަމަލާ ދިނުމަށްފަހު ވަޅި ހިފައިގެން އޭނާ އެތަނުން ފިލައިގެން ދިޔައީއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން