މަސްވެރިކަމަށް ނިކުމެ އުޅުނު ގެމަނަފުށީ އޯކިޑް7 މަސްދޯނި ބިންދައިގެން ދިއުމާ ގުޅިގެން އެ ސަރަޙައްދަށް ދަތުރު ކުރަމުންދާކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ އައްޑޫގެ ހުޅަނގު އުތުރުން 25 ނޯޓިކަލް މޭލު ބޭރުގައި އުޅެނިކޮށް، 'އޯކިޑް707' ކިޔާ މަސްދޯނި ބިންދައިގެން ދިއުމާ ގުޅިގެން އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަން އިން ކުރަމުން އަންނަ ކަމަށެވެ.

ޙާދިސާ ހިނގިއިރު ދޯނީގައި ތިބީ 10 ދިވެހިންނާއި 13 ބިދޭސީން ކަމަށާއި، އެންމެންގެ ޙާލުވެސް ރަނގަޅުކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

އެމްއެންޑީއެފުން ބުނީ، އެ ހާދިސާގައި ދޯނީގެ ކުރީކޮޅާއި ފަހަތުކޮޅު އެއްކޮށް ވަކިވެފައިވާ ކަމަށެވެ.

އަދި އެ ސަރަހައްދުގައި ކޯސްޓްގާޑުގެ ފާސްޓް އިންޓަސެޕްޓާ ކްރާފްޓް ދޮށިމޭނާ ހަރަކާތްތެރިވަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން