ކުޑަކަމުދާ ތަކެތި ދޭން އިންކާރު ކުރި ގއ. ކޮލަމާފުށި މީހަކު އެއް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރި ގއ. ކޮލަމާފުށި، މުހައްމަދު ސާއިފް އަލީގެ މައްޗަށް ކޮށްފައިވާ ދަޢުވާގައި ބުނެފައިވަނީ 18 ޖުލައި 2021 ވަނަ ދުވަހު ރޭގަނޑު ގާތްގަނޑަކަށް 10:00 ގައި މަސްތުވާތަކެތި ގެންގުޅެ، އެތަކެތި ބޭނުންކުރިކަމަށް ތުހުމަތުކުރެވުނު މައްސަލާގައި ސާއިފް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.

އަދި ކުޑަކަމުދާ ތަކެތި ދިނުމަށް ފުލުހުން އެންގިތާ 18 ގަޑިއިރު ތެރޭގައި ކުޑަކަމުދާ ތަކެތި ދީފައި ނުވާކަމަށް ހަތަރު ފުލުހަކު ވަނީ އޭނާއާ ދެކޮޅަށް ހެކިބަސް ދީފައެވެ.

އެކަމާ ގުޅިގެން މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 123 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރުކުރުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި، އޭނާ 1 އަހަރުގެ މުއްދަތަކަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މި މައްސަލާގައި ޙުކުމް އިއްވެވީ ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އާދަމް މުހައްމަދެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން