ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ދައުރު ނިމެން 48 ގަޑިއިރަށްވެފައި ވަނިކޮށް ގިނަ އަދަދެއްގެ ފުލުހުންނަށް ޕްރޮމޯޝަން ދީފިއެވެ.
މަޤާމުން ރިޓަޔަރ ކުރަށްވަން ނިންމަވާފައިވާ ފުލުސް ކޮމިޝަނަރ މުޙައްމަދު ޙަމީދު އިންތިޚާބީ ރައީސް ޑރ. މުޢިއްޒަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، ފުލުހުންގެ އެގްޒެކެޓިވް ފެންވަރުގެ ބޭފުޅުންގެ އިތުރުން އެހެން ބައެއް ފުލުހުންނަށް ވެސް ޕްރޮމޯޝަން ދިނުމަށް ނިންމެވީ މިދިޔަ އޮގަސްޓްމަހުގެ ތެރޭގައި ކަމަށެވެ.
ނަމަވެސް ރިޔާސީ އިންތިޚާބު ކުރިމަތީގައި އޮތުމުން ޕްރޮމޯޝަން ދިނުން ފަސްކޮށްލެއްވީ ކަމަށާއި، އޭގެއިތުރުން މަޤާމުން ރިޓަޔަރ ކުރެއްވުމުގެ ކުރިން އެކަން ނުނިންމަވައިފިނަމަ އެއީ ބުރަކޮށް މަސައްކަތްކުރި ބަޔަކަށް ވެވުނު ބޭއިންސާފެއްކަމަށް ދެކެލައްވާ ކަމަށް ޙަމީދު ވިދާޅުވިއެވެ. ޙަމީދު ފުލުހުންގެ ޚިދުމަތުން ރިޓަޔަރ ކުރަށްވަނީ މިއަދު ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ހަމީދު ވަނީ ފުލުހުންނަށް ޕްރޮމޯޝަން ދީފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކަމުގެ ޔަގީންކަން ވެސް އިންތިޚާބީ ރައީސަށް އަރުވާފައެވެ.
މިއަދު ޕްރޮމޯޝަން ލިބުނު ފުލުހުންގެ ތެރެއިން ފަސް އޮފިސަރަކު އެސިސްޓެންޓް ކޮމިޝަނަރުންގެ ރޭންކަށް ވަނީ ޕްރޮމޯޓް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު