ކުޅިވަރާބެހޭ ވަޒީރު އަޙުމަދު މަހްލޫފްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް މަސައްކަތް ކުރަމުންދާކަމަށް ދެކެވެމުންދާ ވާހަކަތައް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ ޢަލީ އާޒިމް ދޮގުކުރަށްވައިފިއެވެ.
ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވަނީ މިނިސްޓަރ މަހުލޫފްގެ އިތުބާރު ނެތްކަމުގެ ވޯޓު މަޖިލިހަށް ވެއްދުމަަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެމައްސަލަ މަޖިލީހަށް ވެއްދުމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް އެހެން މެންބަރުންނަށް ލޮބީ ކުރަށްވަމުން ގެންދަވާ ކަމަށެވެ.
ނަމަވެސް އެވާހަކަތައް ދޮގު ކުރަށްވަމުން އާޒިމް ވިދާޅުވެފައިވަނީ، މިނިސްޓަރ މަހްލޫފްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ ހިސާބަށް އަދި ކަންކަން ނުދާ ކަމަށާއި، އެފަދަ އެއްވެސް ކަމެއް އޭނާވެސް އަދި އެހެން ބަޔަކުވެސް އޭނާއަށް އެނގިގެން ނުކުރައްވާ ކަމަށެވެ.
އެފްއޭއެމްގެ އިންތިހާބު ލަސްކުރުމަށް އެންގި މައްސަލައާ ގުޅިގެން މަހްލޫފު މިއަދު ވަނީ، މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވާފަ އެވެ. މަހްލޫފު ވިދާޅުވީ، އެފްއޭއެމް އިލެކްޝަންގެ ކަންތަކުގައި އެ އިދާރާގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އާޒިމް އުޅުއްވަނީ އޭނާ ލައްވައި "ވަރަށް ހަޑި ކަންތައްތަކެއް ކުރުވަން" ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު