އެޗްއާރުސީއެމް ގެ ނައިބު ރައީސް މުޙައްމަދު ޒާހިދު
އެޗްއާރުސީއެމް ގެ ނައިބު ރައީސް މުޙައްމަދު ޒާހިދު
ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ނައިބު ރައީސް މުހައްމަދު ޒާހިދު އެ ކޮމިޝަނުގެ މެންބަރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

ޒާހިދު ވަކިކުރަން ހުށަހަޅާފައި ވަނީ، އެޗްއާރުސީއެމްގެ މެންބަރުންގެ މައްސަލަތައް ބެލުމަށްފަހު، މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ރިޕޯޓްގައެވެ. ރައްޔިތުންގެ މަޖިލީހުން މާދަމާ ޒާހިދު ވަކިކޮށްފިނަމަ ފަސް މެންބަރުން ހިމެނޭ އެޗްއާރުސީއެމްގެ މެމްބަރު ނައިވީން އަބުދުﷲ ފިޔަވައި ދެން ތިއްބެވި ހަތަރު މެންބަރުންގެ މަޤާމު ހުސްވީއެވެ.

މީގެ ކުރިން ކޮމިޝަންގެ ރައީސާ އައިމިނަތު އީނާސް އާއި އެ ކޮމިޝަންގެ މެންބަރު އައިޝަތު އަފްރީން މުހައްމަދާއި، މެމްބަރު މޫސާ އަލީ ކަލޭފާނު ވެސް ވަނީ މެންބަރު ކަމުން އިސްތިއުފާ ދެއްވައިފައެވެ.

ޒާހިދު މަގާމުން ވަކި ކުރަން އެދި އެ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓްގައި ބުނެފައިވަނީ، ކޮމިޓީގެ ބެލުންތަކުން ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމު އަދާކުރުމުގެ ގާބިލުކަން އޭނާގެ ކިބައިގައި ނެތްކަމަށް ފާހަގަ ކުރެވޭތީ ކަމަަށެވެ.

އެބޭފުޅުންގެ ގާބިލްކަން ނެތް ކަމަށް ކޮމިޓީ ރިޕޯޓްގައި ގިނަ ކަންތައްތަކެއް ވަނީ ފާހަގަކޮށްފައެވެ. މި ރިޕޯޓަށް މާދަމާ މަޖިލީހުގައި ވޯޓަށް އަހާނެއެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ރަޝީދު

22-Jul-2020

ޒާހިދުގެ ނިމުން މާދަމާ... އަނެއްކާ ޒާހިދު މަރުވަނީތަ? ރަގަޅަދިވެހިބަހުން ނޫސްތަކުގައި ލިޔަންވެއްޖެ ދޯ.?


16

އަބޫމުޙައްމަދު

22-Jul-2020

ޒާހިދު ޤާބިލު ނުވިޔަސް އެމްޑީޕީގެ އެކްޓިވިސްޓެއް ލީމާ ޤާބިލުވާނެ.



ޓްރެންޑިން