ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު
މުސާރައިގެ މައްސަލައިގެ ނަމުގައި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލަށް އަރައިގަންނަން ޖާގަ ނުދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހަމަނުޖެހުން ހިންގުމުގެ ފަހަތުގައި ފޮރުވިފައިވާ އެޖެންޑާއެއް ވާ ކަމަށް ދިފާޢީ ވަޒީރު މާރިޔާ އަހުމަދު ދީދީ ވަނީ ވިދާޅުވެފައެވެ. އަދި ބިދޭސީން ހަމަނުޖެހުން ހިންގަނީ އެ މީހުންނަށް މުސާރަ ނުދޭތީ ނޫން ކަމަށާއި، އެއީ ގައުމީ ސަލާމަތަށް ވަރަށް ބޮޑަށް ނުރައްކާ ހުރި ކަމެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ރީކޯ މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މުސާރައިގެ ނަމުގައި ނަމަވެސް ދިވެހި ޤައުމުގެ މިނިވަންކަމާ އިސްތިޤްލާލަށް އަރައިގަންނަން ޖާގަ ނުދެވޭނެ ކަމަށާއި، މުސާރައިގެ މައްސަލަ ނުކުމެފައިވަނީ ކޯވިޑް-19ގެ ސަބަބުން ކަމަށެވެ. އެހެންކަމުން ބޯޑަރު ހުޅުވުމުން ސައްޙަ ވިސާގައިތިބި ބަންގްލަދޭޝް މީހުންވެސް މިވަގުތަށް ޤައުމަށް ފޮނުވައި ދިނުމަށް މޫސަވަނީ ދިފާޢީ ވަޒީރު މާރިއާއަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން މޫސަ ވިދާޅުވީ، ބިދޭސީންގެ މައްސަލަ ޙައްލު ކުރެވިދާނެ ކަމަށާއި، އެގޮތުން ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވަންޖެހޭ ކަމަށެވެ.

"ރާއްޖޭގެ އެއްވެސް ރަށެއްގައި، ޤަވާއިދާ ޚިލާފަށް މީހަކު ހުރިނަމަ އެމީހެއްގެ ރަށަށް ފޮނުވެންދެން ފުލުހުންނާއި ސިފައިންނަށް އެމީހަކު މޮނިޓަރ ކުރެވޭނެގޮތެއް ހައްދަވާ." މޫސަ ވިދާޅުވެފައިވެއެވެ.

ބިދޭސީންނާ، ގުޅުންހުރި މައްސަލަތައް ދިރާސާކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ގަައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، ބިދޭސީންގެ މުޒާހަރާތަކަކީ ބަޔަކު ފަހަތުގައި ފޮރުވިގެން ތިބެ ކުރިއަށް ގެންދާ ކަމެއް ކަމަށާއި، މިކަންތައްތަކަކީ ރާއްޖޭގެ މަސްލަހަތަށް ގެއްލުންވާނެ ކަމަކަށް ވުމާއެކު ގައުމީ ސަލާމަތަށް ނުރައްކާވާގޮތަށް ބިދޭސީން ރާއްޖޭގައި އުޅުން ހުއްޓުވުމަށް މަޖިލީހުގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން