އެމްޑީޕީގެ ޗެއަރޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް
އެމްޑީޕީގެ ޗެއަރޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް
މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމާގުޅޭ ގޮތުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު، ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމަށް ފަސް ސުވާލެއް ފޮނުއްވައިފި އެވެ.

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ގޯތި ދޫކުރުމާއި ފްލެޓް އެޅުމަށް މިހާރު ކުރިއަށް ގެންދާ މަސައްކަތް ސާފު ކުރުމަށް ލިޔުމުން ޖަވާބު ހޯއްދެވުމަށް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް މެމްބަރު ހަސަން ލަތީފު ފޮނުއްވާ ފަސް ސުވާލު މިއަދު މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިއްވަވާފަ އެވެ.

އެގޮތުން މާލެ ސަރަހައްދުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަނޑަައަޅާފައިވޭތޯ އާއި، އެކަން ކަނޑައަޅާފައިވާނަމަ އެއީ ކިތައް ގޯތިކަމާއި، ގޯތީގެ ބޮޑުމިނާއި، ގޯތި ދޫކުރާ ސަރަހައްދުތައް ސާފުކޮށްދިނުމަށް އެދިފައިވެއެވެ. އަދި މާލޭގެ ރައްޔިތުންނަށް ފްލެޓް ދޫކުރާނަމަ ދޫކުރަނީ ކިތައް ފްލެޓްކަމާއި، ފްލެޓްގެ ބޮޑު މިނާއި، ކޮޓަރީގެ އަދަދާއި، ފްލެޓް ދޫކުރާ ސަރަހައްދުތައް ވަކިން އެނގޭނޭ ގޮތަށް ސާފު ކުރުމަށް އެދިވަޑައިގެންފައިވެއެވެ.

މީގެ އިތުރުން މާލޭ ސަރަހައްދުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް މިހާތަނަށް ނުފަށާ އެބަހުރިތޯ އާއި އަދި އެފަދަ މަޝްރޫއުތަކެއް ހުރިނަމަ އެ މަޝްރޫއުތައް ހިންގަން ފަށާނެ ތާރީހެއް އަންގަވައި ދެއްވުމަށް ވަނީ އެދިވަޑައިގެންފަ އެވެ. އަދި މާލޭ ސަރަހައްދުގައި ބޯހިޔާވަހި ކަމުގެ މަޝްރޫއުތަކެއް މިހާތަނަށް ނުފަށާ ހުރި ނަމަ އެ މަޝްރޫއުތައް ހިންގަން ނިންމާފައިވަނީ ކޮން ސަރަހައްދުތަކެއްގައިތޯ ވެސް ހަސަން ލަތީފު ސުވާލު ކުރަށްވާފައިވެއެވެ.

އަދި މިހާތަނަށް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭން ކޮންޓްރެކްޓް ކުރެވިފައި ހުރީ ކޮން ޕްރޮޖެކްްޓްތަކެއްތޯވެސް ހަސަން ލަތީފު އެއްސެވި އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ސުވާލުތައް މިއަދު މިނިސްޓަރަށް ފޮނުއްވާނެ ކަމަށެވެ.

ހަސަން ލަތީފު ހުށަހެޅުއްވި ސުވާލުތަކަށް ވަޒީރު ލިޔުމުން ޖަވާބު ދެއްވަން ޖެހޭނީ މަޖިލިސް މެދުވެރިކޮށް ކަމަށް މަޖިލީހުގެ ގަވައިދުގައި ވަނީ ބުނެފަ އެވެ. އަދި އެ ޖަވާބު މަޖިލީހުގެ ޖަލްސާގައި އިއްވަން ޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ.


ކިޔުންތެރިންގެ ހިޔާލު


1

ޖާބެ

23-Jul-2020

ކަލޭމެންނައް ނިންމޭތަ ގޯތިތޯ ފްލެޓްތޯ މާލޭ ރައްޔިތުން ބޭނުންވާނީ ގޯތި ވަރައްސާފު


-1

ބީވާ

22-Jul-2020

ތީ ރޭވުމެއް. ދިގު ދަންމަނީ. ދަރުތ7ނހަމަ ވެގެން ޗިވިލް ސަރވިސް ބައިން ފްލެޓް ލިބި މިހާރު އަލުން ޕީއޯ އޮފީހުން އައިސް މައުލޫމާތު ސާފުކުރި އިރު ވަނީ ރިޓަޔާރ ވެފަ. މިހާރު އެ ލުބެން އޮތް ފްލެޓް ވެސް ނުލިބުނީ. ކޮބާ އުސޫލަކީ. މިހާރު ނޫޅެތީތަ. ޕެންޝަން ލިބެންދެން އުޅުނީ. އުސޫލަކީ އަލުން އހެން މީހަކަށް ދިނުންތަ? ނޫނީ އުފަންރަށް ހިންނަވަރު ނޫންވީމަތަ.



ޓްރެންޑިން