ހުޅުމާލޭގައި މީގެ ކުރިން ހިނގި އެކްސިޑެންޓެއްގެ ތެރެެއިން
ހުޅުމާލޭގައި މީގެ ކުރިން ހިނގި އެކްސިޑެންޓެއްގެ ތެރެެއިން
ހުޅުމާލޭގައި ކާރަކާއި ތިން ސައިކަލު ޖެހި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އެންމެ ބޮޑަށް އަނިޔާވި ދެ މީހުންގެ ތެރެއިން، އެކަކަށް އައިސީޔޫގައި އަދި އަނެއް މީހާއަށް އެޗްޑީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

ރޭ އިރާކޮޅުގެ ވަގުތެއްގައި މި އެކްސިޑެންޓު ހިނގާފައި ވަނީ ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިންނެވެ. މި އެކްސިޑެންޓްގައި އަނިޔާ ލިބުނު މީހުންނަށް ޢާއްމުން އެހީތެރިވާ މަންޒަރު ފެންނަ ވީޑިއޯއެެއް ޝޯޝަލް މީޑިޔާގައި މިހާރު ވަނީ އާންމު ވެފައެވެ. ވީޑިއޯއިން ފެންނަގޮތުގައި އެކްސިޑެންޓްވި އެއް ސައިކަލު އޮތީ ކާރުގެ ދަށުގައެވެ. އަދި އަނިޔާވި މީހަކު އެމްބިއުލާންސް އަށް އަރުވައިގެން ގެންދާތަން ވެސް އާންމުވެފައިވާ ވީޑިއޯ އިން ފެނެއެވެ.

އެކްސިޑެންޓުގައި އަނިޔާވި މީހުނަށް ފަރުވާ ދިނުމަށްޓަކައި ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. ނަމަވެސް ފަހުން އޭގެ ތެރެއިން ދެ މީހުން ވަނީ އޭޑީކޭއަށް ބަދަލުކޮށްފައެވެ. ދެން އަނިޔާވި މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލައިފައެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ އެހޮސްޕިޓަލަށް ގެންދިޔަ ދެމީހުންގެ ތެރެއިން އެކަކަށް އައިސީޔޫގައި އަނެއް މީހާއަށް އެޗްޑީޔޫގައި ފަރުވާ ދެމުން ގެންދާ ކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ރޭ ބުނީ ހުޅުމާލޭ ސެންޓުރަލް ޕާކްކައިރީގައި ހިނގި އެކްސިޑެންޓްގައި ހަތަރު މީހަކަށް އަނިޔާވެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި މި އެކްސިޑެންޓްގެ މައްސަލަ ތަހުގީގް ކުރަމުންދާ ކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން