ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުންގެ މައުލޫމާތުތައް ޙިއްސާކޮށް ދިނުމަށް ޕްރައިވެޓަޒައިޝޭން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެދިއްޖެއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތައް ރެގިއުލޭޓްކުރާ ޕީބީސީން އިއްޔެ ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުންގެ އެންމެ ފަހުގެ މައުލޫމާތުތައް އަންނަ މަހުގެ 15ގެ ކުރިން ޙިއްސާކޮށް ދިނުމަށް އެދޭކަމަށެވެ.
އަދި ބޯޑު ޑިރެކްޓަރުންގެ މައުލޫމާތަކަށް ބަދަލެއް އަތުވެއްޖެނަމަ އެކަން މަސް ދުވަހުގެ ތެރޭގައި އެންގުމަށްވެސް ޕީބީސީގެ ސަރކިއުލާގައިވެއެވެ.
ޕީބީސީން މިފަދަ ސަރކިއުލާއެއް ނެރެފައިވާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް، ތިން މެންބަރުން ޢައްޔަނު ކުރައްވައިފައެވެ.
ޕީސީބީގެ ގާނޫނުގައިވާ ގޮތުން އެ ބޯޑުގައި ތިއްބަވާނީ ރައީސް އައްޔަންކުރައްވާ ބޭފުޅުންގެ ތެރެއިން މަޖިލީހުން ރުހުން ދެއްވާ މެންބަރުންތަކެކެވެ.

Circular No 454/CIR/2023/16 pic.twitter.com/F4C2yXgQwW
— Privatization & Corporatization Board (@pcb_gov) November 22, 2023
ޕީބީސީން މިފަދަ ސަރކިއުލާއެއް ނެރެފައިވާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް، ތިން މެންބަރުން ޢައްޔަނު ކުރައްވައިފައެވެ.
ޕީސީބީގެ ގާނޫނުގައިވާ ގޮތުން އެ ބޯޑުގައި ތިއްބަވާނީ ރައީސް އައްޔަންކުރައްވާ ބޭފުޅުންގެ ތެރެއިން މަޖިލީހުން ރުހުން ދެއްވާ މެންބަރުންތަކެކެވެ.
ކިޔުންތެރިންގެ ހިޔާލު