ކުރުނބަލަކީ ރާއްޖޭގައި ތިޔާގި އެއްޗަކަށްވުމީ ނަސީބެއް ކަންނޭނގެއެވެ. ކުރުނބާ ފެނަކީ ހަށިގަނޑަށް ގިނަގުނަ ފައިދާތައް ލިއްބައިދޭ ބުއިމެކެވެ. ކުރުނބާ ފަންޏަކީ ހަކުރު ނާޅާވެސް ތައްޔާރުކުރެވޭނެ ރަހަމީރު ބުއިމެކެވެ. އަދި ސެލެޑާއި ސްމޫތީސް ފަދަ ތަފާތު ކާނާތަކުގައި ބޭނުންކުރެވޭނެ އެއްޗެކެވެ. މިއީ ކޮންމެ ދުވަހެއްގެ ކެއުމުގައި ބޭނުންކުރިޔަސް ގެއްލުން ނުވާނެ ބާވަތެކެވެ.

ޕޮޓޭސިއަމްއާއި މެގްނީޒިއަމުން މުއްސަނދި ކުރުނބާ ފެނަކީ ހަށިގަނޑާއި މޫނުގެ ހަންގަނޑަށް ތެތްކަން ގެނެސްދޭ އެއްޗެކެވެ. ރީތިކޮށް ނަލަކޮށް ހަށިގަނޑު ހުންނަން ބޭނުންވާ މީހުންނަށް މިއޮތީ އުފާވެރި ޚަބަރެކެވެ. ކުރުނބާ ފެން ބުއިމުގެ އިތުރަށް، އެ ފެން މޫނުގައި ހާކައިގެންވެސް ހަންގަނޑަށް އޮފްކަމާއި އޮމާންކަން ގެނުވައިދެއެވެ. މި ފެނުގައި އެންޓިއޮކްސިޑެންޓް އުފެއްދުމުގެ ބާރު ހުންނާތީ ހަމުގައި ހުންނަ ފްރީ ރެޑިކަލްސްގެ އަސަރުތައް ކުޑަކޮށްދެއެވެ. ފްރީ ރެޑިކަލްސްއަކީ ހަންގަނޑުގެ ވާންކަން ދަށްކޮށްދޭ މާއްދާއެކެވެ.

ކުރުނބަލުގައި ކާބްސްއާއި ކެލޮރީޒް މަދުވާނެއެވެ. އެހެން ނަމަވެސް، އޭގެ ފެނުގައި އެކުލެވިގެންވާ ގްލޫކޯޒް މާއްދާގެ ޒަރީޔާއިން ހަށިގަނޑުގައި ވަރު ޖެއްސުމަށް އެހީތެރިވެދެއެވެ. މި ސަބަބާއި ގުޅިގެން ހުންއައުމުން ކުރުނބާ ފެން ބުއިމަށް ޑޮކްޓަރުން ލަފާދެއެވެ.

ގިނަ މީހުންނަށް ކެއުމުގައި ޕޮޓޭސިއަމް ހިމެނޭ މާއްދާތައް ބޭނުންކުރެވެނީ މަދުންނެވެ. ކުރުނބާ ފެނުގައި އެކުލެވޭ ޕޮޓޭސިއަމުން ހަށިގަނޑުގައި ހުންނަ ބޭކާރު ސޯޑިއަމް ބައި ބޭރުކޮށްދެއެވެ. އަދި ލޭގެ ޕެރެޝަރ ދަށްކޮށްދިނުމަށްވެސް އެހީތެރިވެދެއެވެ.

ކޮންމެ ދުވަހަކުވެސް ކުރުނބާ ފެން ބުއިމުން، ކިޑްނީގައި ހިލަ އުފެދުމުގެ ފުރުޞަތު ކުޑަކޮށްދެއެވެ. އެއީ ކުރަނބާ ފެނަކީ ހަށިގަނޑުގައި ހުންނަ ބޭކާރު ވިހަތައް ސާފު ކޮށްދޭ އެެއްޗަކަށް ވާތީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން