މަދަނީ މިންގަނޑުން ބައްޕަ ސާބިތުކުރުމުގެ މައްސަލަ އެޓަރނީ ޖެނެރަލް އޮފީހުން އަނބުރާ ނަގައިފިއެވެ.
އެޓަރނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ މަދަނީ މިންގަނޑުން ބައްޕަ ސާބިތުކުރުމަށް ކުރީ ސަރުކާރުގެ ދުވަސްވަރު އެޓާނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ އިތުރަށް މުރާޖާ ކުރުމަށްފަހު އެ މައްސަލަ އަނބުރާ ގެންދަން ނިންމާފައިވާ ކަމަށެވެ.
އޭޖީ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިޢުނާފް ކުރި މައްސަލާގައި ފެމިލީ ކޯޓާއި ހައި ކޯޓުން ވެސް ނިންމީ އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ ގޮތް ނޫން ގޮތަކަށް “މަަދަނީ މިންގަނޑުން” ދަރިންގެ ނަސަބު ސާބިތު ނުކުރެވޭނެ ކަމަށެވެ.
މި މައްސަލަ ފެންމަތިވީ އިންޑޮނޭޝިއާގެ އަންހެނަކު ރާއްޖޭގައި ވިހެއުމަށްފަހު ދޫކޮށްލާފައި ދިޔަ ކުއްޖަކަށް ދިވެހި ރައްޔިތުކަން ދިނުމަށް ކޯޓަށް މައްސަލަ ހުށައެޅުމުންނެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި އެކުއްޖާގެ ބައްޕައަކީ ދިވެއްސެއް ކަމަށް ބެލެވުނަސް، އެ ކުއްޖާއަކީ އިސްލާމީ ޝަރީޢަތުގައި ދަރި ލައްވާ މުއްދަތުގެ ބޭރުން ވިހާފައިވާ ކުއްޖެކެވެ.
ގާނޫނު އަސާސީ ބުނާގޮތުން ދިވެހި ރައްޔިތުކަން ދެވޭނީ ދިވެހި އަންހެނަކަށް ނުވަތަ ފިރިހެނަކަށް ލިބޭ ދަރިންނަށެވެ.

ކިޔުންތެރިންގެ ހިޔާލު