ހުޅުމާލޭގައި މިމަހުގެ 20 ވަނަ ދުވަހުގެރޭ ކާރަކާއި ތިން ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އެންމެ ބޮޑަށް އަނިޔާވި ދެ މީހުންގެ ތެރެއިން، އެކަކު ނިޔާވެއްޖެއެވެ.
ޢުމުރުން 59 އަހަރުގެ ފިރިހެންމީހާ ނިޔާވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. އެކްސިޑެންޓުގައި އަނިޔާވި އޭނާގެ އަނބިމީހާއަށްވެސް އޭޑީކޭގައި ދަނީ ފަރުވާދެމުންނެވެ. އޭޑީކޭ ހޮސްޕިޓަލުން ބުނީ އެމީހުންނަށް ފަރުވާދެމުން ދިޔައީ އައިސީޔޫ އާއި އެޗްޑީޔޫގައި ކަމަށެވެ.
މި އެކްސިޑެންޓު ހިނގާފައި ވަނީ ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިންނެވެ. އެކްސިޑެންޓްގައި އަނިޔާ ލިބުނު މީހުންނަށް ޢާއްމުން އެހީތެރިވާ މަންޒަރު ފެންނަ ވީޑިއޯއެެއް ޝޯޝަލް މީޑިޔާގައި ވަނީ އާންމު ވެފައެވެ. ވީޑިއޯއިން ފެންނަގޮތުގައި އެކްސިޑެންޓްވި އެއް ސައިކަލު އޮތީ ކާރުގެ ދަށުގައެވެ. އަދި އަނިޔާވި މީހަކު އެމްބިއުލާންސަށް އަރުވައިގެން ގެންދާތަންވެސް އާންމުވެފައިވާ ވީޑިއޯ އިން ފެނެއެވެ.
އެކްސިޑެންޓުގައި އަނިޔާވި މީހުނަށް ފަރުވާ ދިނުމަށްޓަކައި ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. ނަމަވެސް ފަހުން އޭގެ ތެރެއިން ދެ މީހުން ވަނީ އޭޑީކޭއަށް ބަދަލުކޮށްފައެވެ. ދެން އަނިޔާވި މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލައިފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ހުޅުމާލޭ ސެންޓުރަލް ޕާކްކައިރީގައި ހިނގި އެކްސިޑެންޓްގައި ހަތަރު މީހަކަށް އަނިޔާވެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި މި އެކްސިޑެންޓްގައި ކާރު ދުއްވަން އިން ޑްރައިވަރ ހައްޔަރުކުރުމަށްފަހު އޭނާގެ ބަންދަށް 7 ދުވަސް ވަނީ ޖަހައިފައެވެ.
އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު