ވިލިމާލޭ ކުޑަކުދިންގެ ހިޔާ
ވިލިމާލޭ ކުޑަކުދިންގެ ހިޔާ
ދަޢުލަތުން ބަލަހައްޓާ ކުދިންގެ ބެލެނިވެރިކަން ކޯޓު މެދުވެރިކޮށް ހަވާލު ކުރަންޖެހޭ ގޮތަށް ޤަވާއިދު އިސްލާޙުކޮށްފިއެވެ.

ދައުލަތުން ބަލަހައްޓާ ކުދިންނަކީ ރައްކާތެރިކަން ކަށަވަރުވެފައިވާ ކުދިންނަށް ހެދުމަކީ ޑރ. މުޢިއްޒުގެ ސަރުކާރުގެ މުހިއްމު އަމާޒެކެވެ.

އެގޮތުން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ރީ-އިންޓަރގްރޭޓް ކުރުމާބެހޭ ގަވައިދަށް ގެނައި އިސްލާޙުގައިވާ ގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޮސްޓާ ކުރާ ބެލެނިވެރިންނާ އެކުދިންގެ ގާނޫނީ ބެލެނިވެރިކަން ހަވާލު ކުރެވޭނީ ޝަރުޢީ ކޯޓު މެދުވެރިކޮށެވެ.

މިއިސްލާޙާއެކު، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ފޮސްޓަރ ބެލެނިވެރިޔާއާ ހަވާލުކޮށްފައިވާ ކުދިންގެ ގާނޫނީ ބެލެނިވެރިކަންވެސް ފޮސްޓަރ ބެލެނިވެރިންނާ ހަވާލު ކުރުމަށް ޝަރުއީ ކޯޓަށް ހުށަހަޅަން ޖެހޭނެއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިންގެ ހިޔާގެ މައްސަލަތަކެއް ދާދިފަހުން ވެސް ވަނީ ފެންމަތިވެފައެވެ. އެހެންކަމުން މާލޭ ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިން ރަށްރަށުގެ މަރުކަޒުތަކަށް ބަދަލު ކުރުމަށް މިދިޔަ ސަރުކާރުން ވަނީ މަސައްކަތްތަކެއް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން