އެމްޑީޕީ ޕީޖީ ގްރޫޕްގެ ބައެއް މެމްބަރުން
އެމްޑީޕީ ޕީޖީ ގްރޫޕްގެ ބައެއް މެމްބަރުން
އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރު ކަމަށް 3 ބޭފުޅުން ކުރިމަތިލައްވައިފިއެވެ.

އެމްޑީޕީން ބުނީ އެޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރ ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ މި މަހުގެ 5 ގައި އެމް.ޑީ.ޕީ އޮފީހުގެ ޖަލްސާކުރާ މާލަން ގ. ނިއުޝާގައި ކަމަށެވެ.

މި އިންތިޚާބުގައި ވާދަ ކުރެއްވުމަށް ކުރިމަތިލައްވާފައިވަނީ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު އާއި، ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް އާއި، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ އެވެ.

އެމްޑީޕީގެ ހުސްވެފައިވާ ޕާލިމަންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ހޮވުމަށް ބާއްވާ އިންތިޚާބު ކުރިއަށްދާނީ 05 ޑިސެމްބަރު 2023 ވާ އަންގާރަ ދުވަހުގެ 14:00 ން 16:00 އަށެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރުގެ މަޤާމު ހުސްވީ ކުރިން އެމަޤާމުގައި ހުންނެވި އަލިފުށި ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ރަޝީދު (ބިގޭ) ޕީޖީ ލީޑަރުކަމަށް އިންތިޚާބުވުމާ ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން