ވިނަރެސް ފްލެޓްތަކުގެ މަސައްކަތް ކުރިޔަށްދާ ގޮތް އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ބައްލަވާލައްވައިފިއެވެ.

އާބަންކޯ އިން ބުނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ވިނަރެސް ފްލެޓްތަކަށް ޒިޔާރަތްކޮށް، އެ ސަރަހައްދުގައި ކުރިއަށްދާ މަސައްކަތްތައް ބައްލަވާލައްވާފައިވާ ކަމަށެވެ. އަދި މިހާރު ނުނިމިހުރި މަސައްކަތްތައް ހަލުވި ދުވެލީގައި ކުރިއަށް ގެންދެވޭނެ ގޮތްތަކާމެދު މަޝްވަރާ ކުރެއްވި ކަމަށްވެސް އާބަންކޯއިން ވަނީ ބުނެފައެވެ.

އެމްޑީ ފަޒުލްގެ މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ވިނަރެސް މަޝްރޫޢު ކުރިޔަށްގެންދާ ކޮންޓްރެކްޓަރު ސީއެމްއީސީގެ އިސް ބޭފުޅުންވެސް ބައިވެރިވެފައިވެއެވެ.



ވިނަރެސް އަކީ 13 ބުރީގެ 10 ޓަވަރު ހިމެނޭ ގޮތަށް ތިން ކޮޓަރީގެ 1،344 ފްލެޓް ހިމެނޭ ހައުސިން މަޝްރޫއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން