ގްރޭޑް 10، 11 އަދި 12 ނިންމާ ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ޚުތުބާކިޔުމުގެ ހުއްދަ ދިނުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިއީ ޒުވާން އިމާމުންނާއި ޚަތީބުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކުރަން ނިންމާފައިވާ ކަމެއް ކަމަށެވެ.

ޝަހީމް ވިދާޅުވީ، ގްރޭޑް 10، 11 އަދި 12 ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ރީތިކޮށް ގުރުއާން ކިޔަވާ، ނަމާދުގެ ފިޤުހަށް އަހުލުވެރި ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ޚުތުބާކިޔުމުގެ ހުއްދަ ލިބޭނެ ކަމަށެވެ.

ރާއްޖޭގައި އާއްމުކޮށް އިމާމުވެ ހުކުރު ނަމާދު ކުރަށްވަނީ އުމުރުން ތަންކޮޅެއް ހަރު ބޭފުޅުންނެވެ.

ނަމަވެސް އިމާމުންގެ ބެލުމުގެ ދަށުން މިހާރުވެސް ބައެއް މިސްކިތްތަކުގައި ބައެއް ދަރިވަރުން އިމާމުވެ ނަމާދު ކުރެއެވެ.

ޑރ. ޝަހީމް ވިދާޅުވީ ޒުވާނުންނަށް އިމާމުވެ ހުކުރު ކުރުމުގެ ފުރުސަތު ހޯދައިދިނުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން