ރާއްޖޭގައި އަމަލުކުރަންފެށި މަލްޓިޕާޓީ ވެރިކަމުގެ ނިޒާމުގެ ދަށުން ފުރަތަމަ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ، ރައީސް މުހައްމަދު ނަޝީދު ސިޔާސީ މައިދާނާއި ދުރަށް ވަޑައިގަތުމަށް ނިންމައިފިއެވެ.
އެމަނިކުފާނު އެކަން އިއުލާންކުރެއްވި މިއަދު ނެރުއްވި ބަޔާނެއްގައެވެ.
ރައީސް ނަޝީދު ވިދާޅުވީ އަހަރުތަކަކަށް ސިޔާސީ މައިދާނާއި ދުރަށް ވަޑައިގަތުމަށް ނިންމާފައިވާކަމަށެވެ. އަދި ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައިވެސް ވާދަ ނުކުރެއްވުމަށް ނިންމާފައިވާކަމަށެވެ.
ރައީސް ނަޝީދު ސިޔާސީ މައިދާނާއި ދުރަށް ވަޑައިގަތުމަށް ނިންމަވާފައި މިވަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އެމަނިކުފާނު އައްޔަންކޮށްފައިވަނިކޮށެވެ.
ނަޝީދު ވިދާޅުވީ އަންނަ ޖެނުއަރީމަހުން ފެށިގެން އެ މަޤާމާއި ހަވާލުވެ ވަޑައިގަތުމަށް ނިންމާފައިވާކަމަށެވެ،
ރާއްޖޭގެ ޤާނޫނު އަސާސީވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހުންނަވައިގެން އިތުރު ވަޒީފާއެއް އަދައެއްނުކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު