އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓު މަޖިލީހުން ފާސްކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މަޖިލީހުގެ ބަޖެޓު ދިރާސާކުރި ކޮމިޓީން ވަނީ ބަޖެޓަށް 306 މިލިއަން ރުފިޔާ އިތުރުކޮށްފަ އެވެ.

މަޖިލީހުން ބަޖެޓް ފާސްކޮށްފައިވަނީ 68 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

ބަޖެޓު ކޮމިޓީން ބަޖެޓަށް ގެނައި އެންމެ ބޮޑު ބަދަލަކީ ފުށިދިއްގަރުފަޅުގެ މަޝްރޫއުއަށް ކަނޑައެޅާފައި އޮތް 400 މިލިއަން ރުފިޔާ އެހެން މަޝްރޫއުތަކަށް ބަހާލުމެވެ. އޭގެ އިތުރުން ޕީއެސްއައިޕީއަށް 249 މިލިއަން ރުފިޔާ ކޮމިޓީން ވަނީ އިތުރު ކޮށްފައެވެ.

ބަޖެޓު ކޮމިޓީން ބަޖެޓަށް ގެނައި އެކި ބަދަލުތަކާއި އެކު، ބަޖެޓުގެ ޑެފިސިޓް 16.3 ބިލިއަނަށް އަރައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން