އަންނަ އަހަރު ބާއްވާ މަޖިލީސް އިންތިޚާބުގައި އެމްޑީޕީފެ ޓިކެޓަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެޕާޓީން ފުރުޞަތު ހުޅުވާލައިފިއެވެ.

މިއަދު، 16 ޑިސެމްބަރު 2023 ވާ ހޮނިހިރު ދުވަހުން ފެށިގެން 2023 ޑިސެމްބަރ 25 ވާ ހޯމަ ދުވަހުގެ ހަވީރު 04:00 އާ ހަމައަށް މަޖިލިސް އިންތިހާބުގެ އެޕާޓީގެ ޓިކެޓަށް ވާދަކުރަން ފުރުޞަތު ހުޅުވާލި އިރު، ޕްރައިމަރީ ބާއްވާނެ ތާރީޚަކީ 26 އަދި 27 ޖެނުއަރީ 2024ގައި ކަމަށް އެޕާޓީން މިއަދު ނެރުނު އިޢުލާނުގައި ބުނެފައިވެއެވެ.

މީގެ އިތުރަށްވެސް އެމްޑީޕީން ވަނީ މަޖިލީސް އިންތިޚާބަށް ޕްރައިމަރީގައި ވާދަ ކުރާއިރު ކުށުގެ ރެކޯޑް ސާފުކުރަން ޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފައެވެ.

އެ ބަދަލު ގެނައީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުށުގެ ރެކޯޑް ސާފުކުރާ ގޮތް ބަދަލުކޮށްފައި ވާތީ އާއި ޕްރައިމަރީން ހޮވުމަށްފަހު ކެންޑިޑެސީ ފޯމް ހުށަހަޅާއިރު ރެކޯޑް އޮތުމުގެ މައްސަލަތައް ކުރިމަތިވާތީ ކަމަށް އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓިގެ ޗެއާޕާސަންގެ ނައިބު، އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވެފަވެއެވެ.

"މިހާރު އިލެކްޝަން ކޮމިޝަނުން ބަލަމުން ގެންދަނީ މާލޭގައި ހުންނަ ސުޕީރިއާ ކޯޓްތަކާއި އެމީހެއްގެ ދާއިމީ އެޑްރެސް އޮންނަ ރަށުގެ ކޯޓްތައް އެކަނި. ނަމަވެސް މިހާރު އެބަ ބަލައި ހުރިހާ ރަށެއްގެ ރަށު ކޯޓުތަކުގައި އޭނަގެ ދަރައްޏެއް ނުވަތަ ކުށުގެ ރެކޯޑެއް އޮތްތޯ،" އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން