ނިމިދިޔަ ސަރުކާރުން ތައާރަފްކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކުރާ ފުރަތަމަ 4 ޓަވަރަށް ފެބްރުއަރީގެ ނިޔަލަށް މީހުން ވެއްދޭވަރު ވާނެ ކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޙަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.
“ރަސް އޮންލައިނަށް” ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ޙަމްދާން ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ލުއި ފަސޭހަކޮށް ހުރިހާކަމެއްވެސް ހަމަޖައްސައިދިނުން ކަމަށެވެ. އެގޮތުން ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ 4000 ފްލެޓަށް ވީހާވެސް އަވަސް މުއްދަތެއްގައި ރައްޔިތުންނަށް ވަދެވޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް ޙަމްދާން ވިދާޅުވިއެވެ.
ޙަމްދާން ވިދާޅުވީ އެކުންފުނިން މަސައްކަތް ކުރަމުންދަނީ ކްލަސްޓަރތަކަކަށް ބަހާލައިގެން ފްލެޓްތައް ނިންމުމަށް ކަމަށެވެ. އެގޮތުން ފުރަތަމަ 4 ޓަވަރު ފެބްރުއަރީގެ ނިޔަލަށް ނިންމުމަށްފަހު ބާކީ ހުރި ޓަވަރުތައް ކޮންމެ މަހަކުވެސް ވަކި ވަރަކަށް ނިންމައި މީހުން ވައްދަމުންދާނެ ކަމަށް ޙަމްދާން ވިދާޅުވިއެވެ.
“ފްލެޓްތަކުގެ މަސައްކަތް އަޅުގަނޑުމެން މިގެންދަނީ ވަރަށްބޮޑަށް ފާސްޓް ޓްރެކް ކޮށްގެން. ހުރިހާ ޓަވަރުތަކެއް އެކީ އެއްފަހަރާ ހަދައި 2026 އަށް ނިންމުމުގެ ބަދަލުގައި ވީހާވެސް އަވަހަށް ރައްޔިތުންނަށް ޓަވަރުތަކަށް ވަދެވޭ ގޮތް ހެދުން.” ޙަމްދާން ވިދާޅުވިއެވެ.
ޙަމްދާން ވިދާޅުވީ ކުންފުނީގެ ޓާގެޓަކީ 2024 ވަނަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ހުރިހާ ޓަވަރެއްގެ މަސައްކަތް ނިންމާލުން ކަމަށެވެ. އަދި ޓައިމްލައިންގައި ޓަވަރުތައް ނިންމުމަށް 2025ގެ މާރޗް އޮތް ނަމަވެސް މަސައްކަތަށް މަޑުޖެހުމެއް ގެނައުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށްވެސް ޙަމްދާން ވިދާޅުވިއެވެ.
ޙަމްދާން ވިދާޅުވީ ރައީސް ޑރ. މުޢިއްޒަކީ ވަޢުދު ފުއްދަވާ ބޭފުޅެއް ކަމަށާއި ކުރީ ސަރުކާރުން ރައްޔިތުންނަށް ދީފައި ހުރި ފްލެޓްތައް އަތުލުމުގެ ވިސްނުން ރައީސް ނުގެންގުޅުއްވާ ކަމަށެވެ.
ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ ކުރީގެ ސަރުކާރުން ގަވާއިދުން ދީފައިވާ އެއްވެސް ގޯއްޗެއްވެސް އަދި ފްލެޓެއްވެސް އަތު ނުލައްވާނެ ކަމަށެވެ. އަދި ގޯއްޗާއި ފްލެޓަށް އެދި ހުށައަޅާފައިވާ އެއްވެސް ފޯމެއްވެސް ބާތިލު ނުކުރައްވައި އެކަން މާ ރަނގަޅަށް ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު