ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލަކަށް މޭޖަރ ޖެނެރަލް ރިޓަޔަރޑް ވައިޘް ވަޙީދު ހަމަޖައްސަވައިފިއެވެ.

ވައިޘް ވަޙީދަކީ 34 އަހަރަށްވުރެ ގިނަ ދުވަހު އެމްއެންޑީއެފްގައި ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. އެމްއެންޑީއެފްގެ ޚިދުމަތުން ރިޓަޔަރ ކުރެއްވިއިރު ވައިޘް ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައެވެ.

ވައިޘް އެމްއެންޑީއެފުން ރިޓަޔަރ ކުރެއްވީ މި މަހުގެ 12 ވަނަ ދުވަހު އެވެ.

މީގެކުރިން އެންސީޓީސީގެ ޑިރެކްޓަ ޖެނަރަލްގެ މަގާމުގައި ހުންނެވީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް ޒަކަރިއްޔާ މަންސޫރެވެ.

އެންސީޓީސީ އަކީ ޓެރަރިޒަމްގެ މައްސަލަތަކާ ބަލައި ދިރާސާކުރުމާއި އެކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ ސެންޓަރެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން