ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރުގެ ފަހު ޖަލްސާ މާދަމާ އޮންނާނެ ކަމަށް މަޖިލީހުގެ އިދާރާއިން ހާމަކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރުގެ ފަހު ޖަލްސާ މާދަމާ އޮންނާނެކަމަށެވެ. ނަމަވެސް މާދަމާގެ ޖަލްސާގެ އެޖެންޑާ މަޖިލީހުގެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރު މާދަމާގެ ނިޔަލަށް ދަންމާލަން މަޖިލީހުން ފާސްކޮށްފައިވަނީ ޑިސެމްބަރ 18 ވަނަ ދުވަހުއެވެ.
މަޖިލީހުން މިގޮތަށް ނިންމީ ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓްގައި ހިމެނޭ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައާއިމެދު ގޮތް ނިންމަން މަޖިލީހަށް އިތުރު ވަގުތު ބޭނުންވާތީއެވެ.
މަޖިލީހުގެ ގަވައިދު ބުނާ ގޮތުން މަޖިލީހުގެ ޖަލްސާތައް ބެހިގެން ދާނީ އަހަރުގެ ތިން ދައުރަކަށެވެ. އެގޮތުން ތިންވަނަ ދައުރު ހިނގާނީ އޯގަސްޓު މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

ކިޔުންތެރިންގެ ހިޔާލު